މާލެ މާރުކޭޓު ކޯޅުން | ކުންފުނިން އެދުމުން ވެސް އެއްބަސްވުން ކައުންސިލުން ބާތިލުކޮށްނުދީ

އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ސިޓީ ފޮނުވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯކަލް މާރުކޭޓު ހުރި ބިމުގައި އަޅާ އާ އިމާރާތް --

މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓު އިމާރާތެއް އެޅުމުގެ މަޝްރޫއުގައި އެ ބިމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްއާ ދެމެދު އޮތް އަރައިރުމުގައި އިތުރު ތުހުމަތުތަކެއް މިނިސްޓްރީން އަމާޒުކޮށްފި އެވެ.

"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. 

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. 

އެ ބިން ހަވާލުކުރެވެން ނެތީ، މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ސިޓީ ފޮނުވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

"ނަމަވެސް، މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވެ އެވެ،" އެ ބަޔާނުގައި ބުންޏެވެ. 

މިނިސްޓްރީން ބުނި ގޮތުގައި، މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އަދި އެ އެއްބަސްވުން ބާތިލު ނުކުރި ނަމަވެސް އެ ބިން ސަރުކާރާ ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.