ޒިޔަތު އިސްތިއުފާ ދެއްވީ އޭނާ އެ ކުންފުނީގެ ބޯޑުން ވަކިކޮށްފައި ވަނިކޮށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯ ކަމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ޒިޔަތު އިސްތިއުފާ ދެއްވީ މިދިޔަ މަހު ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުން އޭނާ ވަކިކޮށް ކުރުމާ ގުޅިގެންނެވެ.
ޒިޔަތުގެ ބަދަލުގައި ބޯޑަށް އައްޔަން ކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީލް) ގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާނެވެ. އަދި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މަގާމަށް ވެސް ލައްމާން ވަނީ އައްޔަން ކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމް ވެސް އަދާ ކުރައްވާފައިވާ ޒިޔަތު އެމްޕީއެލްގެ ސީއީއޯއަކަށް ހަމަޖެއްސީ މިދިޔަ މާޗު މަހު އެވެ.