ޝައިހް އިސްމާއިލް އަވަހާރަވެއްޖެ

މާލޭގައި ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި ޝައިހު އިސްމާއިލް ވަނީ އިސްލާމް ދީން އުނގަންނައިދިނުމުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށްޓަކައި ގިނަ ހިދުމަތްތަކެއް ކުރެއްވި ޝޭހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) އަވަހާރަވެއްޖެ އެވެ.

މއ. ފީރޯޒްވާދީ، ޝައިހު އިސްމާއިލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އޭޑީކޭ ހޮސްޕިޓަލުގައި ރޭ ފަރުވާ ދެމުން ގެންދަނިކޮށެވެ. އޭނާ އަވަހާރަވި އިރު އުމުރުފުޅުން 91 އަހަރެވެ.

މާލޭގައި ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި ޝައިހު އިސްމާއިލް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

އޭގެ އިތުރުން އޭޕްރިލް 19، 2025 ގައި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ވެސް ޝައިހު އިސްމާއިލަށް ވަނީ އަރުވައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ފޮނުއްވި ތައުޒިއްޔާގައި ވިދާޅުވި ގޮތުގައި ޝޭހް އިސްމާއިލް އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިހުސާސް ކުރުވި ކަމެކެވެ. 

ޝޭހް އިސްމާއިލަކީ ރާއްޖެ އިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދައި ދެއްވި އަދި މިހާރުވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.