މި އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އައި ސްޕެއިންގެ އަލްމުދޭނާ އެސްޕާޒާ އެވެ.

މި އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އައި ސްޕެއިންގެ އަލްމުދޭނާ އެސްޕާޒާ އަށް ހޫނު މަރުހަބާއެއް ކިޔައިިފި އެވެ.
ވީއައިއޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާކީ ޓޫރިޒަމް މިނސްޓަރު ކެޕްޓަން މުހައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ އަދި އިންޑަސްޓްރީ އާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.
އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ރެކޯޑުތައް މުގުރާލުމަށްފަހު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތަކަށް އައި ބަދަލުތަކުގެ ސަބަބުން މާރިޗު އަދި އެޕްރީލް މަހު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 4.9 % ދަށަށް ގޮސްފައެވެ. މިހާރު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކުރިއަރަން ފަށާފައިވާއިރު، މިހާރު އެންމެ ބޮޑު މާކެޓެއްގެ ގޮތުގައި އޮތީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތެވެ. ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ދަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ހާއްސަ މާކެޓިން ހަރަކާތްތަކެއް ހިންގަމުންނެވެ.