ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގެ ދެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެއް ވީޑިއޯއިން ފެންނަނީ ވަޅި ހިފައިގެން އެމީހާ ފިހާރައިގެން ކައުންޓަރު ކައިރީ ހަރަކާތްތެރިވާ މަންޒަރެވެ.
އަނެއް ވީޑިއޯއިން ފެންނަނީ ބަޔަކު އެމީހާ އެ ފިހާރަތެރެއިން ނެރެ، އަނިޔާ ކުރާ މަންޒަރެވެ. އެވަގުތު އެމީހާ އޮންނަނީ ބިންމައްޗަށް ވެއްޓިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.