އެސްއޯއީއަކުން ރިސޯޓް ހަދާތަނުގައި 45 % ހިއްސާ އޮންނަން ޖެހޭ

މި ގަވައިދުގައިވާ ގޮތުން ރިސޯޓެއް ނުވަތަ ޓޫރިޒަމް މަޝްރޫއެއް ހިންގާނަމަ އެތަނެއް ކުއްޔަށްދޭ ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން 45 ޕަސެންޓް ހިއްސާ އޮންނަން ޖެހޭނެ އެވެ.

އެމްޓީޑީސީގެ އެމްޑީ ނިޔާޒު ނާގޯށި މަޝްރޫއުގެ މައުލޫމާތު ރައީސް ޑރ. މުއިއްޒުއަށް ދެއްވަނީ -- ޕީއެސްއެމް ފޮޓޯ

ސަރުކާރު ހިއްސާވާ ކުންފުންޏަކުން ރިސޯޓެއް ނުވަތަ ޓޫރިޒަމް މަޝްރޫއެއް ހިންގާނަމަ އެތަނެއް ކުއްޔަށްދޭ ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން 45 ޕަސެންޓް ހިއްސާ އޮންނަން ޖެހޭ ގޮތަށް ކަނޑައަޅައިފި އެވެ. 

މި ގަވާއިދަކީ ދައުލަތުގެ ކުންފުނިތަކަށް ޓޫރިޒަމްގެ ބޭނުމަށް ބިމާއި ފަޅުތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ތަންތަން ވަކިކުރުމާއި އަދި އެހެނިހެން އިޖުރާއާތުތައް ކަނޑައެޅުމުގެ މަޤްސްދުގައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައިވާ ގޮތުން، ދައުލަތުގެ ކުންފުންޏަކުން ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިޒޯޓެއް ހިންގުމަށް ރަށެއް، ބިމެއް ނުވަތަ ފަޅަކަށް އެދި ހުށަހަޅާއިރު، އެ ކުންފުންޏެއްގެ މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދޭންޖެހެ އެވެ.

ކުންފުނިތަކުގެ މާލީ ގާބިލްކަން ހާމަކޮށް ދިނުން

  •  އެދޭ ރަށް، ބިން ނުވަތަ ފަޅުގެ ތަފުސީލާއި (ޖިއޮގްރަފިކް ކޯޑިނޭޓްސް ހިމެނޭހެން)
  •  ކުންފުނީގެ ޕްރޮފައިލާއި އަސާސީ ގަވާއިދު
  •  ކުންފުނީގެ މާލީ އަދި ފަންނީ ޤާބިލުކަން އަންގައިދޭ ރަސްމީ ލިޔެކިޔުންތައް

މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ދިނުމަށް އެންމެ ފަހުގެ ނިންމުން ނިންމާނީ ވަޒީރުންގެ މަޖިލީހުން (ކެބިނެޓުން) ނެވެ. މީގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީކުރެވޭނީ ހަމައެކަނި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް މިގޮތަށް ދޫކުރާ ރަށްރަށާއި ފަޅުތައް ރަސްމީކޮށް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ގަވާއިދުގެ ދަށުން ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފާ ދައުލަތުގެ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ގެ ގޮތުގައި މަދުވެގެން 500,000 ޑޮލަރު ހަރަދުކުރަންޖެހެއެވެ. މި ފައިސާ ހަރަދުކުރާނީ ރަށުގެ އިޖުތިމާޢީ ނުވަތަ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ކަންކަމާއި ކުޅިވަރާއި ހުނަރުތައް ތަރައްޤީކުރުމަށް ކުރެވޭ ކަންކަމަށް އަދި ޓާފް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ހެދުމުގެ އިތުރުން ރަށުގެ ތިމާވެށި ޙިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.