މުއްދަތު ހަމަވާ ރިސޯޓްތައް ނަގާއިރު، އަގު ކަނޑައަޅާނެ އުސޫލު އާއްމުކޮށްފި

ޓޫރިޒަމުން ބުނީ މި އުސޫލުގެ މައިގަނޑު ބޭނުމަކީ ދައުލަތަށް އަނބުރާ ހަވާލުކުރާ ނުވަތަ ސަރުކާރަށް ނަގާ ރިސޯޓު ފަދަ ޓޫރިޒަމާ ގުޅުންހުރި ތަންތަނުގައި ހުންނަ މުދަލުގެ އަގު ހަމަހަމަ އަދި ދެފުށް ފެންނަ ގޮތެއްގައި ކަނޑައެޅުމެވެ.

ޝަންގްރިއް-ލާ ވިލިނގިލި ކުންފުނިން އައްޑޫގައި ހިންގާ ރިސޯޓް

ރާއްޖޭގައި ނުހެދި ހުރި ރިސޯޓްތައް މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ގެޒެޓުކޮށްފި އެވެ. 

ޓޫރިޒަމުން ބުނީ މި އުސޫލުގެ މައިގަނޑު ބޭނުމަކީ ދައުލަތަށް އަނބުރާ ހަވާލުކުރާ ނުވަތަ ސަރުކާރަށް ނަގާ ރިސޯޓު ފަދަ ޓޫރިޒަމާ ގުޅުންހުރި ތަންތަނުގައި ހުންނަ މުދަލުގެ އަގު ހަމަހަމަ އަދި ދެފުށް ފެންނަ ގޮތެއްގައި ކަނޑައެޅުމެވެ.

މި އުސޫލުގައިވާ ގޮތުން އަގު ކަނޑައެޅުމުގައި ބަލަށް ކެނޑުމުން ޖެހޭ އަގު ދައުލަތުން ދޭނީ، އެ ތަނެއްގައި ހިންގި ވިޔަފާރީގެ ޚިދުމަތް ދިނުމާ ސީދާ ގުޅުންހުރި، އަދި ތައްޔާރުކޮށްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ އުފުލޭ މުދަލާއި ތަކެއްޗަށެވެ.  އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ ތަކެތި، އެ ތަނެއް ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް އަނބުރާ ގެންދިއުމުގެ އިޚުތިޔާރު ލިބިގެންވެ އެވެ. ނަމަވެސް، 90 ދުވަހުގެ ތެރޭގައި އެ ތަކެތި ނުގެންގޮސްފި ނަމަ، ނީލަމުގައި ވިއްކައިލުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ. 

މުދަލުގެ އަގު ކަނޑައަޅަންވާނީ އެ މުދަލެއްގެ ހާލަތަށާއި، ކުރިމަގުގައި އެ މުދަލެއް ބޭނުންކުރެވޭނެ މުއްދަތަށާއި، އަދި ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރާ އެކަށީގެންވާ ރޭޓުތަކަށް ރިއާޔަތްކުރުމަށްފަހުގަ އެވެ. މީގެ އިތުރުން މުދަލުގެ އަގު ހިސާބުކުރާއިރު، އެ ތަނެއް ހިންގި ފަރާތުން ދައުލަތަށް (މީރާ އަށް) އެއްވެސް ކުއްޔެއް، ޓެކްސެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހިފައިވާ ނަމަ، އެ ފައިސާ ބަލަށް ކެނޑުމުން ޖެހޭ އަގުން އުނިކުރެވޭނެ އެވެ.

ރާއްޖޭގައި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ކުލީގެ މުއްދަތު ހަމަވުމަކީ ރާއްޖޭެ ޓޫރިޒަމް ސިނާޢަތާއި ދައުލަތުގެ އާމްދަނޑީއާ ސީދާ ގުޅިފައިވާ ވަރަށް މުހިންމު ކަމެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓްތައް ހުޅުވަން ފެށީ 1970 ގެ އަހަރުތަކުގައެވެ. ރާއްޖޭގައި ރިސޯޓް ހަދަން ރަށްރަށް ދޫކޮށްފައިވަނީ 30 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރީކޮޅު (ފުރަތަމަ 20 އަހަރު ތެރޭގައި) ހުޅުވި ބައެއް ރިސޯޓްތަކުގެ އަސްލު މުއްދަތު މިހާރު ވަނީ ހަމަވެފައެވެ ނުވަތަ ހަމަވާން ކައިރިވެފަ އެވެ. ގިނަ ރިސޯޓްތަކެއްގެ މުއްދަތު ހަމަވާން ކައިރިވުމުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން 99 އަހަރަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތު ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ލިބެ އެވެ. މިގޮތަށް މުއްދަތު އިތުރުކުރެވެނީ ސަރުކާރަށް ދައްކަންޖެހޭ ވަކި ފީއެއް ދެއްކުމަށްފަހުގަ އެވެ. ގިނަ ރިސޯޓްތަކުން މިހާރު ވަނީ މި ފީ ދައްކައި، މުއްދަތު 99 އަހަރަށް ބަދަލުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އަދި މުއްދަތު ހަމަވުމުގެ މަރުހަލާތަކާ ގުޅުންހުރި ބައެއް ރިސޯޓްތަކުގެ ތެރޭގައި 
ކުރުނބާ މޯލްޑިވްސްއަކީ 1972 ގައި ހުޅުވި ރާއްޖޭގެ ފުރަތަމަ ރިސޯޓެކެވެ. އަދި ބަނޑޮސް މޯލްޑިވްސްއަކީ 1972 ގައި ހުޅުވި ދެވަނަ ރިސޯޓެކެވެ. މީގެ އިތުރުން ބަރޮސް މޯލްޑިވްސް ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.