މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޑީސަލް އެތެރެކުރަން 300.3 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބަޔަށް ހޭދަވީ 165.7 މިލިއަން ޑޮލަރެވެ. މިއީ 81.2 % ގެ އިތުރުވުމެކެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް 407.8 މިލިއަން ޑޮލަރުގެ ތެޔޮ އެތެރެކޮށްފައިވާއިރު، ހަކަތައިގެ މައިގަނޑު މި ބާވަތް އެތެރެކުރަން ކުރި ހަރަދު ކުރީ އަހަރާ އަޅާބަލާއިރު 83% މައްޗަށް އުފުލިއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ތެޔޮ އެތެރެކުރަން ހޭދަކޮށްފައިވަނީ 222.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ) އެވެ. ނަމަވެސް، މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް މި އަދަދު ވަނީ 407.8 މިލިއަން ޑޮލަރު (ގާތްގަނޑަަށް 6.2 ބިލިއަން ރުފިޔާ) އަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 185.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި މިއީ 83% ގެ އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ތެލުގެ އިމްޕޯޓަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑީސަލް (މެރިން ގޭސް އޮއިލް) އެތެރެކުރުމަށެވެ.
ޑީސަލް - މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޑީސަލް އެތެރެކުރަން 300.3 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބަޔަށް ހޭދަވީ 165.7 މިލިއަން ޑޮލަރެވެ. މިއީ 81.2 % ގެ އިތުރުވުމެކެވެ.
ޕެޓްރޯލް - ޕެޓްރޯލް އެތެރެކުރުމަށް ކުރި ހަރަދު ވަނީ 142.2 % ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު 30.8 މިލިއަން ޑޮލަރު ޕެޓްރޯލަށް ހޭދަވިއިރު، މި އަހަރު އެ އަދަދު ވަނީ 74.5 މިލިއަން ޑޮލަރަށް އަރާފަ އެވެ.
މަތިންދާ ބޯޓަށް އަޅާ ތެޔޮ - ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ތެލަށް ކުރި ހޭދަ 15.9 މިލިއަން ޑޮލަރުން 20.4 މިލިއަން ޑޮލަރަށް ވަނީ މަތއްވެފައެވެ. މިއީ 27.8 %ގެ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ އެޕްރީލް މަހަކީ ތެޔޮ އެތެރެކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު މަހެވެ. އެގޮތުން މިދިޔަ އެޕްރީލް މަހު އެކަނިވެސް 167.8 މިލިއަން ޑޮލަރު ތެލަށް ހޭދަކުރިއެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 174.9%ގެ އިތުރުވުމެކެވެ.
ރާއްޖެއިން ތެޔޮ އެތެރެކުރަން ކުރި ހަރަދު މަތިވެގެން ދިއުމުގެ ސަބަބަކީ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމެވެ. މިއާއެކު އީރާނުން މަތީ ރަށްދުގައި އެމެރިކާގެ މަސްލަހަތު ހުރި މެދުއިރުމަތީގެ 27 ބޭހަކަށް ހަމަލާދީ ހަލާކުކޮށްލާފަ އެވެ. މި ހަނގުރާމާގެ ސަބަބުން ތެލުގެ އަގު ބޮޑުތަނުން އިތުރުވެގެން ދިޔަ އެވެ. އަދި ސަރުކާރުން ވަނީ ރާއްޖެއަށް ހުއްޓުމެއް ނެތި ތެލުގެ ސަޕްލައި ގެންނަން އިސްތިރާޖީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން މެދުއިރުމަތި ނޫން އެހެން ހިސާބުތަކުން ވެސް ތެޔޮ އެތެރެކޮށްފައިވެ އެވެ.