ކަނޑުމަގުން އެތެރެކުރަން އުޅުނު 15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަސްޓަމްސް އިން ބުނެފައި ވަނީ ވޭތުވެދިޔަ ފަސް ދުވަހު ހިންގުނު ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގަތް ވޭޕް --

ކަނޑު މަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުން 15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އިއްޔެ ރާއްޖެ ގެނައި ޝިޕްމެންޓެއްގައު ގާނޫނާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލެ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މިއޮޕަރޭޝަންގައި “ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން ޝިޕްމެންޓުން ޖުމްލަ 15،601 ވޭޕް ކާޓްރިޖް ވަނީ ހޯދައިފަ އެވެ.

"މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީހު ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓު،" ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ ވޭތުވެދިޔަ ފަސް ދުވަހު ހިންގުނު ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.