މި އަހަރުގެ ފުރަތަމަ ފަސް މަހު ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކި

މި ހިސާބުތަކުން އެނގޭ ގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބީއެމްއެލް އިން 69 މިލިއަން ޑޮލަރު ވިއްކަމުން ގެންދެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ބީއެމްއެލް

މި އަަހަރުގެ މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 345 މިލިއަން ޑޮލަރު ވިއްކާފައިފި އެވެ.

ބީއެމްއެލްއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345މިލިއަން ޑޮލަރު ވިއްކާފައިވެއެވެ.
އަދި މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. އަދި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައި ވެއެވެ.

މި ހިސާބުތަކުން އެނގޭ ގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބީއެމްއެލް އިން 69 މިލިއަން ޑޮލަރު ވިއްކަމުން ގެންދެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުގެ އޮފިޝަލެއް ފާހަގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުންދަނީ ބީއެމްއެލް އިންނެވެ.

ބީއެމްއެލް އިން އިއްޔެ ބުނެފައިވަނީ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށް ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.