މި ބައްދަލުވުމުގައި ވެމްކޯ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބައިވެރިވި އެވެ

ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި ދާއިރާތަކާއެކު އެޗްޑީސީ އިން މަޝްވަރާތަކެއް ބާއްވައިިފި އެވެ.
އެޗްޑީސީ އިން ބުނީ މި ބައްދަލުވުމުގައި ވެމްކޯ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބައިވެރިވި އެވެ.
އެ ކުންފުނިން ބުނީ މި މައްސަލަ އަށް ހައްލު ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އަދި މި މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހުރިއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ފަޅުތެރެއަށް ޖަމާވާ ކުނި ނަގަން އެޗްޑީސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ގިނަ ބަޔަކު މޫދަށް އެ އެރި އަދި ހިތްހަމަ ޖައްސާލަންދާ ޗެނަޕް ސަރަހައްދަށަށް ކުނި ޖަމާވިޔަ ނުދޭން އެ ސަރަހައްދުގައި ނެޓްވެސް ޖަހާފައިވެ އެވެ.