ކަނޑުމަގުން އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގެންފި

މިއޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްއިން އަތުލައިގަތް ވޭޕްގެ ސާމާނު --

ކަނޑު މަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުން 5،600 ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އިއްޔެ ރާއްޖެ ގެނައި ޝިޕްމެންޓެއްގައު ގާނޫނާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލެ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މިއޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި،" ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެއީ ކޮން ގައުމަކުން، ކޮން ބަޔަކު އެތެރެކުރަން އުޅުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.