އެ ވީޑިއޯއާއެކު ފުލުހުން ބުނެފައި ވަނީ ވީޑިއޯ އިން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

ފުލުހުން މިއަދު ވަނީ އޭޓީއެމްގައި ހަރަކާތްތެރިވަމުންދާ ފިރިހެނެއްގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯއާއެކު ފުލުހުން ބުނެފައި ވަނީ ވީޑިއޯ އިން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
ނަމަވެސް އެމީހަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.