ޓޫރިޒަމް ފުޅާވާ ފުވައްމުލަކު އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއެއް

ބީއެމްއެލްއިން ބުނީ ފުވައްމުލަކު ސިޓީގެ އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއަކާއި ރުފިޔާގެ ނެގޭ އޭޓީއެމްއެއް ބެހެއްޓުމާއެކު އެ ކުންފުނިން އެ ސިޓީގައި ބެހެއްޓި އޭޓީއެމްގެ އަދަދު ވަނީ ހަތަރަކަށް އިތުރުވުފަ އެވެ.

ޓޫރިޒަމް ވިޔަފާރި ފުޅާވަމުން އަންނަ ފުވައްމުލަކު ސިޓީގެ އެއާޕޯޓުގައި ޑޮލަރު ނެގޭ ހިދުމަތާއި އިތުރު އޭޓީއެމްއެއް ބީއެމްއެލްއިން ބަހައްޓައިފި އެވެ.

ބީއެމްއެލްއިން ބުނީ ފުވައްމުލަކު ސިޓީގެ އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއަކާއި ރުފިޔާގެ ނެގޭ އޭޓީއެމްއެއް ބެހެއްޓުމާއެކު އެ ކުންފުނިން އެ ސިޓީގައި ބެހެއްޓި އޭޓީއެމްގެ އަދަދު ވަނީ ހަތަރަކަށް އިތުރުވުފަ އެވެ. 

ޓައިގާ ޝާކް ބަލަހަން އަންނަން ދުނިޔެއަށް މަޝްހޫރުވެފައިވާ ފުވައްމުލަކު ސިޓީގައި ބެހެއްޓި މި އޭޓީއެމްގެ ސަބަބުން އެ ރަށުގެ މި ވިޔަފާރިއަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމް ޚިދުމަތް ފުޅާކުރުމަށް ހިންގާ މަޝްރޫއަކީ، މާލީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރާއި ބޭންކް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މުޅި ރާއްޖެއަށް އޭޓީއެމް ޚިދުމަތް ފުޅާކުރުމަށް ހިންގި މަޝްރޫއުތަކަށްފަހު، މިހާރު ރާއްޖޭގައި ބެހެއްޓިފައިވާ ބީއެމްއެލްގެ ޖުމްލަ އޭޓީއެމްގެ އަދަދަކީ 338 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.