ކޭވް ޑައިވް އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކޮށްފި

ވ. އަތޮޅުގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި މަރުވި ޓޫރިސްޓުން ހޯދަން ސިފައިންނާއި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ބައިވެރިންގެ އަގުވަޒަން ކުރި

ކޭވް ޑައިވް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން--ފޮޓޯ: ޕޮލިސް

ވ. އަތޮޅުގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި ފަސް ޓޫރިސްޓުން މަރުވި ހާދިސާ އާ ގުޅިގެން ސިފައިންނާއި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގު ވަޒަން ކޮށްފި އެވެ.

އެ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި ކުރެއްވި ބުރަ މަސައްކަތް ކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުމެއް ހަވާލު ކޮށްފަ އެވެ. 

އެގޮތުން ހަ ފުލުހަކާއި ސިފައިންގެ ފަސް އޮފިސަރެއްގެ އަގު ވަޒަން ކޮށްފައިވެ އެވެ.

ކޭވް ޑައިވް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ހަނދާނީ ލިޔުން އަރުވަނީ--ފޮޓޯ: ޕޮލިސް

ފީނަނިކޮށް ގެއްލުން އިޓަލީ ޓޫރިސްޓުން ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ ވަނީ ނިޔާ ވެފަ އެވެ. އޭނާގެ ހަށިގަނޑު ނަގާފައި ވަނީ ސިފައިންނާއެކީ އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ރެސްކިޔު ޑައިވަރުންގެ ޓީމުންނެވެ.

ދުނިޔޭގެ ސަމާލުކަން ލިބުނު އެ ހާދިސާ އާ ގުޅިގެން ބޭރުގެ ހާއްސަ ޑައިވިން ޓީމުތަކެއް ވަނީ ރާއްޖެ އަށް އައިސް އެ ފަތުރުވެރިންގެ ހަށިގަނޑު ރިކަވާ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.