ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ މި އަހަރުގެ މިހާތަނށް ރާއްޖެއަށް ޖުމްލަ 1,007,089 ޓޫރިސްޓުން ވަނީ އައިސްފައެވެ.

ވީއައިއޭއިން ސީޕްލޭންގައި ފުރަން ޓޫރިސްޓުން މަޑުކޮށްލައިގެން -- އެމްއޭސީއެލް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނަ އަޅައިފި އެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ މި އަހަރުގެ މިހާތަނށް ރާއްޖެއަށް ޖުމްލަ 1,007,089 ޓޫރިސްޓުން ވަނީ އައިސްފައެވެ. މިއީ މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.0 % ގެ ކުރިއެރުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައިވާ 958,424 ޓޫރިސްޓުންނާ ބަލާއިރު އިތުރުވުމެކެވެ. 

މަހުން މަހަށް އައި ބަދަލުތައް

  • ޖެނުއަރީ - 227,403 ފަތުރުވެރިން
  • ފެބުރުއަރީ - 254,556 ފަތުރުވެރިން
  • މާރިޗު - 166,616 ފަތުރުވެރިން
  • އޭޕްރިލް - 152,861 ފަތުރުވެރިން
  • މެއި - 142,555 ފަތުރުވެރިން
  • ޖޫން (1-16 އަށް): 63,018 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ އެއްވަނައިގައި އުޅެނީ ޗައިނާއެވެ. ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. މިވަގުތު ރާއްޖޭގައި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީގެ ގޮތުގައި ޖުމްލަ 67,514 އެނދު އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ރިސޯޓުތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.