އާޒިމަށް ފޮނުއްވި ސިޓީއެއްގައި މުއްތަލިބް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އާޒިމްްއާ އަނގަބަހުން ކުރައްވާފައިވާ މުއާމާލަތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް "މީޑިއާ ސްޓަންޓު ޖައްސާތީ،" މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުނުކުރައްވައި، ލިޔުމުން މުއާމަލާތް ކުރަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެދިވަޑައިގެންފި އެވެ.
މާލެ ސިޓީ ކައުންސިލުން ބައްދަލުކުރައްވާ މަޝްވަރާކުރަން އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ނުދޭތީ އެ ކައުންސިލުގެ ހުރިހާ މެންބަރުން މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީއަށް ދިޔަ އެވެ.
ނަމަވެސް، އެ ދުވަހު މުއްތަލިބު ބިޒީކޮށް އުޅުއްވާތީ ބައްދަލުވާގޮތެއް ނުވި ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.

އާޒިމަށް ފޮނުއްވި ސިޓީއެއްގައި މުއްތަލިބް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އާޒިމްްއާ އަނގަބަހުން ކުރައްވާފައިވާ މުއާމާލަތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އަދި މާލޭގައި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު މިހާތަނަށް މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމަށް އާޒިމްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
"... އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށް ވާނީ 'މީޑިއާ ސްޓަންޓް' ޖެއްސުމުގެ ބަދަލުގައި ލިޔެކިޔުމުން މުއާމަލާތް ކުރުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ،" މުއްތަލިބްގެ ސިޓީގައި ވިދާޅުވި އެވެ.