މިއަދު ޕޯޓް ބަންދު | އެކަމަކު ހަލާކުވާޒާތުގެ މުދާ ނެރެދޭ

އެމްޕީއެލް އިން ބުނީ ޚާއްސަ ޢުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދުވެސް އަވަހަކަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޕީއެލް މުވައްޒަފުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ -- އެމްޕީއެލް

ހިޖުރީ އައު އަހަރަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަ ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ދަނީ ކުރަމުންނެވެ.

އެމްޕީއެލް އިން ބުނީ ޚާއްސަ ޢުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދުވެސް އަވަހަކަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް ވަނީ މިއަދު ހަވީރު ފުރިހަމަކޮށްފައެވެ. މި ބޯޓުން ގިނަ އަދަދއްގެ ބިހާއި، ފިޔާ އަދި އަލުވި ވަނީ ބާލައިފައެވެ.

ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި އުޅަނދުން ވެސް މައިގަނޑު ގޮތެއްގައި ބާލާނީ ފިޔާ، އަލުވި އަދި ބިހެވެ.

ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް މި ކުންފުނިން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ.

އަދި ޚާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.