ބާޒާރުގައި ފިޔާ ރަނަށް | އެސްޓީއޯގަ ކިލޯއެއް 13ރ. އަށް

ރާއްޖޭގެ އަސާސީ މުދަލުގެ ލިސްޓު ބަލަހައްޓާ ކުންފުނި އެސްޓީއޯއިން ބުނީ އަގުހެޔޮކޮށް ފިޔާ އެ ކުންފުނިން ލިބެން ހުންނާނެ އެވެ.

ބާޒާރުމަތި ފިހާރަކުން ފިޔާ ބަސްތާއެއް މީހަކު އުފުލަނީ: އަގުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ -- މި

އިންޑިއާއިން ފިޔާ ގެނައުމުގައި ކުރިމަތިވި ދަތިތަކާއެކު ފިޔާގެ އަގު ބާޒާރުގައި މަތިވިނަމަވެސް އެސްޓީއޯއިން ފިޔާ ވިއްކަނީ ކިލޯއެއް 13ރ. އަށެވެ. 

ރާއްޖޭގެ އަސާސީ މުދަލުގެ ލިސްޓު ބަލަހައްޓާ ކުންފުނި އެސްޓީއޯއިން ބުނީ ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި އަގުބޮޑުކޮށް ފިޔާލިބޭކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެސްޓީއޯ އަށް  ލިބެމުންދާ ކަމަށެވެ.

އެ ކުންފުނިން ބުނި މި ވާހަކަ ފެތުރުނަމަވެސް ކުރިއެކޭ އެއްގޮތަށް އެސްޓީއޯގައި ފިޔާ އެބަހުއްޓެވެ. އަދި އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިންވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެކެވެ. އަދި މީގެ އިތުރުން މިއަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ އެވެ. އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.