މަރުކަޒީ ބޭންކުން ސްކޮލާޝިޕްތަށް | މަތީތައުލީމްގެ ރަނުގެ ފުރުސަތުތަކެއް

މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަސިޓީގައި ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑީގްރީ ފުރިހަމަކުރުމުގެ ފުރުސަތު  އަދި މެލޭޝިއާގެ އިންސިފް ޔުނިވާސިޓީއިން ޕީއެޗްޑީއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން ހުރިހާ ހަރަދުތަކެއް ހިމެނޭ ގޮތަށް ހުޅުވާލީ މަތީ ތައުލީމްގެ ފުރުސަތުގައި ޕީއެޗްޑީ އާއި ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑީގްރީގެ ކޯސްތައް ހިމެނެ އެވެ. މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ކޯހުގެ ދާއިރާތަކާއި ޔުނިވާސިޓީތައް

ބެޗްލާ އޮފް އެކައުންޓިން - ސެލަންގޯ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
މާސްޓާ އޮފް ލޯސް - އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
މާސްޓާ އޮފް އިކޮނޮމިކްސް - އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
ޕީއެޗްޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ
ޕީއެޗްޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ
ޕީއެޗްޑީ. އިން އިސްލާމިކް ފައިނޭންސް (ރިސާޗް) ނުވަތަ ޕީއެޗްޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)

މި ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރަށާއި، ތައުލީމީ ސެޓްފިކެޓާއި މަސައްކަތުގެ ތަޖުރިބާގެ އިތުރުން އިންޓަވިއު އަދި އެސެސްމަންޓްތަކުން ލިބޭ މާކްސް އަށެވެ.މި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކުން ކިޔަވައި ނިންމުމަށްފަހު ގައުމީ ތަރައްގީއަށް ހިދުމަތް ކުރުމަށް އެނބުރި ރާއްޖެ އަންނަން ޖެހޭނެ އެވެ. އަދި ކޯސް ނިންމުމަށްފަހު 5 އަހަރުގެ މުއްދަތަށް ރާއްޖެ އަށް ހިދުމަތް ކުރުމަށް (ބޮންޑު ކުރެވޭނެ) އެވެ. މީގެ އިތުރުން، ކިޔެވުން ފެށުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ޕްރީ-އެޕްރޫވަލް ހޯދުމަށް އެމްއެމްއޭ އިން އިލްތިމާސް ކުރެއެވެ. މި ސްކޮލަޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްއެމްއޭގެ "ސެންޓަ ފޯ ބޭންކިން އެންޑް ފައިނޭންޝަލް ޓްރެއިނިން" ނުވަތަ "އެމްއެމްއޭ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް ޓްރެއިނިން" ގެ ފޯނު ނަންބަރު 3012113 ނުވަތަ އީމެއިލް training@mma.gov.mv މެދުވެރިކޮށް ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.