ހިމަބިހީގެ އިތުރުން ފަސް ކޭސް، 480 އަށްވުރެ ގިނަ ކޮންޓެކްޓުން

"ޖުމްލަ 489 ކޮންޓެކްޓުންވަނީ ފާހަގަކުރެވިފައި. މީގެ ތެރެއިން އެކްޓިވް 88 ކޮންޓްކްޓުން ދަނީ މޮނިޓާ ކުރެވެމުން،" އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހި ޖެހިފައިވާ ކުއްޖެއް

މިދިޔަ ހަފްތާ ތެރޭގައި ހިމަބިހި (މީސްލްސް) ގެ އިތުރު ފަސް ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި އެ ބަލީގެ އިތުރު ފަސް ކޭސް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ. އެއާއެކު އެ ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުން ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުން ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ.

"ޖުމްލަ 489 ކޮންޓެކްޓުންވަނީ ފާހަގަކުރެވިފައި. މީގެ ތެރެއިން އެކްޓިވް 88 ކޮންޓްކްޓުން ދަނީ މޮނިޓާ ކުރެވެމުން،" އެޗްޕީއޭއިން ބުންޏެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދީފަ އެވެ.

އެޗްޕީއޭއިން ބުނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހިންގާ ހާއްސަ ވެކްސިން ކެމްޕޭން ފަށާފައިވާ ކަމަށެވެ. މި ކެމްޕޭނުގެ ފުރަތަމަ ޓާގެޓް ގުރޫޕަކީ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުންގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ކުރިންނެވެ.

ފުރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1118 ފަރާތަށް މިހާރު ވެކްސިން ޖަހާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، އިންޑިއާއިން މިދިޔަ ހަފުތާ ވަނީ ރާއްޖެއަށް ހިމަބިހީގެ 20،000 ޑޯޒު ވެކްސިން ހަދިޔާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.