ސެކިއުރިޓީސް ނުދައްކާ ހުރި އަދަދު 97.1 ބިލިއަނަށް

ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ މުއްދަތުތަކަށް ބަލާއިރު، 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަށް ދޫކޮށްފައިވާ ސެކިއުރިޓީޒްގެ އަދަދު އެންމެ ގިނަ އެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 40,216.9 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ހިމެނެ އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް އެ މިނިސްޓްރީން މަރުހަބާ ކިޔަނީ

މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު 97.1 ބިލިއަން ރުފިޔާއަށް އަރާފައިފި އެވެ. 

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުންޖުމްލަ ސެކިއުރިޓީޒްގެ ތެރެއިން 95.6 ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް ނުވަތަ އެތެރޭގެ މާލީ ވަސީލަތްތަކެވެ. އަދި ބޭރުގެ މާލީ ވަސީލަތްތަކުގެ ގޮތުގައި (އެކްސްޓާނަލް އިންސްޓްރޫމަންޓްސް) ހުރީ ބޮންޑުގެ ގޮތުގައި ދޫކޮށްފައިވާ 1,542.0 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުން ދޫކޮށްފައިވާ ޑޮމެސްޓިކް އިންސްޓްރޫމަންޓްސްގެ ތެރޭގައި އެންމެ ގިނައީ ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލްގެ ޖުމްލަ އަދަދު 43,927.0 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ މުއްދަތުތަކަށް ބަލާއިރު، 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަށް ދޫކޮށްފައިވާ ސެކިއުރިޓީޒްގެ އަދަދު އެންމެ ގިނަ އެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 40,216.9 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ހިމެނެ އެވެ. ދެން އެންމެ ގިނައީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ދޫކޮށްފައިވާ ވަސީލަތްތަކެވެ. އެއީ 21,346.9 މިލިއަން ރުފިޔާ އެވެ.

ސެކިއުރިޓީޒް އައުޓްސްޓޭންޑިން ކޮބާ ؟  - ދައުލަތުގެ މާލީ ހިސާބުތަކުގައި "ސެކިއުރިޓީޒް އައުޓްސްޓޭންޑިން" ނުވަތަ "ޓޯޓަލް ގަވަރްމަންޓް ސެކިއުރިޓީޒް އައުޓްސްޓޭންޑިން" ގެ މާނައަކީ ދައުލަތުން ފައިސާ ހޯދުމުގެ ގޮތުން އެކި ފަރާތްތަކަށް ވިއްކާފައިވާ މާލީ ވަސީލަތްތަކުގެ ތެރެއިން، މުއްދަތު ހަމަނުވެ އަދި އަނބުރާ ފައިސާ ނުދައްކާ ހުރި ޖުމްލަ ދަރަނީގެ އަދަދެވެ. މިއީ ސަރުކާރުން ބާޒާރަށް ނެރެފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދުން، އަނބުރާ ދައްކާފައިވާ ސެކިއުރިޓީޒް ކަނޑައިލުމުން އިތުރުވާ ބައެވެ.

ޓްރެޜަރީ ބިލާއި ބޮންޑުގެ ތަފްސީލް

  •  ޑޮލަރު ޓްރެޜަރީ ބިލް - 3,683.5 މިލިއަން ރުފިޔާ
  •  އިސްލާމިކް އިންސްޓްރޫމަންޓްސް - 6,142.4 މިލިއަން ރުފިޔާ
  •  ދިވެހި ރުފިޔާގެ ޓްރެޜަރީ ބޮންޑް - 28,641.8 ބިލިއަން ރުފިޔާ
  •  ޔޫއެސް ޑޮލަރު ޓްރެޜަރީ ބޮންޑް - 13,215.8 މިލިއަން ރުފިޔާ

ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލްތަކަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް އައުޓްސްޓޭންޑިންގްކޮށް ހުރީ ވިޔަފާރި ބޭންކުތަކުގައެވެ ބޭންކުތަކުން ގަނެފައިވާ ޓީ-ބިލްގެ އަދަދު 23,271.6 ބިލިއަން ރުފިޔާއަށް އަރާއިރު، މާލީ އިދާރާތަކުން 17,975.4 ބިލިއަން ރުފިޔާގެ ޓީ-ބިލް ގަނެފައިވެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 2,215.1 ބިލިއަން ރުފިޔާ އަދި އަމިއްލަ ފަރާތްތަކުން403.3 މިލިއަން ރުފިޔާގެ ޓީ-ބިލްގައި އިންވެސްޓްކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.