ސަރުކާރު ކުންފުނިތަކުން ބައެއް މުވައްޒަފުން ވަކިކުރާތީ މިނިސްޓަރު ޒަރީރާ ސުވާލުކުރަނީ

މިނިސްޓަރާ ކުރައްވަން ހުށަހެޅުއްވި ސުވާލުގައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރަމުން ގެންދަނީ ކޮން ކޮން އުސޫލަކުންތޯ އެވެ.

ނޭންސް މިނިސްޓަރު ހަސަން ޒަރީރު --

އިދިކޮޅު އެމްޑީޕީއަށް ސަޕޯޓުކުރާ ބައެއް މުއައްޒަފުން ވަޒީފާއިން ވަކުކުރާ ކަމަށް ބުނެ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އޭނާ ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލުތަކާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައިގެން ތަފާތުކުރުމަކީ ގާނޫނުން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ފިނޭންސް މިނިސްޓަރާ ކުރައްވަން ހުށަހެޅުއްވި ސުވާލުގައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރަމުން ގެންދަނީ ކޮން ކޮން އުސޫލަކުން އަދި ކީއްވެގެންތޯ އެވެ.

ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާއި އަދި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނު ތެރޭގައި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެފަދަ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވަޒީފާއިން ވަކިކުރިކަމުގެ ލިޔުންވެސް ހިއްސާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.