ބީއެމްއެލް ރާއްޖެ ޖޫނިއަ ނެޓްބޯލް ޗެމްޕިއަންޝިޕް އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
ތިން އަހަރުގެ މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއަ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވަ އެވެ.
ބީއެމްއެލް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސަރފިންގ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެ އެވެ.