ޕޭޕަލްއަކީ ބައިނަލްއަގުވާމީ ޑިޖިޓަލް ބާޒާރަށް ދިވެހިން ވަންނާނެ ދޮރެއް : ސައީދު

މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ ކްރިއޭޓަރުންނާއި، ފްރީލާންސަރުން އަދި ޑިޖިޓަލް މަސައްކަތްތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންނަށް މި ފުރުސަތުގެ ބޭނުން ހިފަން އެދިވަޑައިގެންފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ރައީސް ޑރ. މުއިއްޒު -- ރައީސް އޮފީސް

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތަކީ ބައިނަލްއަގުވާމީ ޑިޖިޓަލް ބާޒާރަށް ދިވެހި ވިޔަފާރިތަކާއި އާއްމުން ވަންނާނެ ދޮރަކަށް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި މި ސަރުކާރުގެ އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު ވިދާޅުވީ  ދުނިޔޭގެ ބާޒާރުގައި ދިވެހިން މުޢާމަލާތްކުރުމަށް ހުރި އެންމެ ބޮޑު އެއް ހުރަސް ނައްތާލެވިއްޖެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ 17 ނޮވެންބަރު 2023ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، މި ދާއިރާ ކުރިއެރުވުމަށްޓަކައި މެދުކެނޑުމެއްނެތި ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ޕޭޕަލް ފުރިހަމައަށް ގުޅިގެން ދިޔުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޤައުމުގެ އާބާދީ މަދުވުމާއި ރާއްޖެ އުފެދިފައިވާ ޖަޒީރާވަންތަ ގޮތަކީ ޒަމާނީ ޓެކްނޮލޮޖީގެ ރޭހުގައ ދިވެހިން ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނޫންކަން މި އިންގިލާބީ ބަދަލުން ސާބިތުކޮށްދީފި ކަމަށާ، ހަރުދަނާ ލީޑަރޝިޕަކާ އެކު ސާފު ތަސައްވުރެއް އޮވެގެން އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްފިނަމަ ބޭނުންވާ ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ. 

ޕޭޕަލްގެ ހިދުމަތަށް ރާއްޖެ ކުރި ދަތުރު

  •  17، ނޮވެމްބަރު 2023 - ރައީސްގެ މެނިފެސްޓޯގައި ޕޭޕަލް ތަޢާރަފުކުރުމުގެ ވައުދު
  •  6 ޖޫން 2024 - ސަރުކާރުން އިސްނަގައި ޕޭޕަލްގެ ސީއީއޯއާއެކު ރަސްމީކޮށް ޕޭޕަލް ތައާރަފު ކުރަން މަޝްވަރާތަކެއް
  •   ޖޫން 2025 - އެމްއެމްއޭ އިން ޕޭޕަލް ކަންތަކުގައި މަޖިލީހަށް ރަސްމީ ސިޓީއެއް
  •  11 ޖުލައި 2024 - ޓީއައިއެފްއޭ މިޝަންގެ ތެރެއިން މި މަޝްވަރާތައް އެންމެ މަތީ ޑިޕްލޮމެޓިކް ފަންތިއަށް
  •  22 އޮގަސްޓް 2024 - މިނިސްޓަރު ސައީދު ޕޭޕަލްގެ އެންމެ އިސް ފަރާތްތަކާއެކު މަޝްވަރާއަށް
  •  29 އޮގަސްޓް 2024 - ސަރުކާރުގެ ފަރާތުން ފުރިހަމަ ޕްރޮޕޯޒަލް އަދި ކަންޓްރީ ބްރީފިންއެއް
  •  ސެޕްޓެމްބަރު 2024 އާއި މޭ 2025: ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ބުރަ މަސައްކަތްތަކެއް
  •  10 ޖުލައި 2025 - އުރީދޫއަކީ ޕޭޕަލްގެ ލޯކަލް އިމްޕްލިމެންޓޭޝަން ޕާޓްނަރެއްގެ ގޮތުގައި ނެގުން
  •  14 އޮކްޓޯބަރު 2025 - ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ދިނުމުގެ ތާރީޚީ ޔަގީންވި
  •  15 ޖޫން 2026 - ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުން

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ދުނިޔޭގައި ބައި ބިލިއަނާ ގާތްކުރާ އަދަދަކަށް އެކްޓިވް އެކައުންޓް ގެންގުޅޭ ޕޭޕަލް ފަދަ ބޮޑު ނެޓްވޯކެއްގެ ދޮރުތައް ހުޅުވައިލަނީ އިއްތިފާގަކުން ނޫނެވެ.

"އަޅުގަނޑުމެންގެ ދަތުރަކީ ހަމައެކަނި ވަގުތީ، ލޯކަލް ބަދަލެއް ހޯދުމެއް ނޫން. އޭގެ ބަދަލުގައި، އަޅުގަނޑުމެން ސިސްޓަމެޓިކްކޮށް ހަރުދަނާ ރެގިއުލޭޓަރީ ޕްލެޓްފޯމެއް ބިނާކޮށް، ގާނޫނީ ގޮންޖެހުންތައް ހައްލުކޮށް، ބައިނަލްއަޤްވާމީ އިތުބާރު ހޯދި. އެ އަސާސްގެ މަތީގައި ޕޭޕަލްއިން އެމީހުންގެ ނެޓްވޯކް ގާއިމުކޮށް، މި ބައިނަލްއަޤްވާމީ އޮނިގަނޑު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބައިވެރިއެއްގެ ގޮތުގައި އުރީދޫ އިޚްތިޔާރުކުރީ،" ސައީދު ވިދާޅުވި އެވެ. 

މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ ކްރިއޭޓަރުންނާއި، ފްރީލާންސަރުން އަދި ޑިޖިޓަލް މަސައްކަތްތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންނަށް މި ފުރުސަތުގެ ބޭނުން ހިފަން އެދިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.