"ޕޭޕަލް ހިދުމަތާއެކު ރާއްޖެއަށް އޮތް އިގުތިސޯދީ ހުރަސްތައް ނެތިގެންދާނެ"

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރެވުމާއެކު، މީގެ ކުރީގައި އޮތް "މަސްނޫއީ ހުރަސްތަކުގެ ޒަމާން" ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވަނީ --

ޕޭޕަލްގެ ހިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖެއަށް ކުރިމަތިވާ އިގްތިސޯދީ ހުރަސްތައް ނެތިކޮށްލައި، ބައިނަލްއަގުވާމީ ގޮތުން ފައިތިލަ ސާބިތުކުރަން ލިބިގެން ދިޔަ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރެވުމާއެކު، މީގެ ކުރީގައި އޮތް "މަސްނޫއީ ހުރަސްތަކުގެ ޒަމާން" ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

އެގޮތުން، އުފެއްދުންތެރި، އީޖާދީ ޒުވާނުންނަށް ބޭރުން ތަކެތި ގަންނާނޭ މަގުތައް ފަހިވެފައިވީ ނަމަވެސް، އެފަދަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރު ވިއްކައިގެން އެއަށް ފައިސާ ހޯދުމުގައި ހުރި ދަތިތައް، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޒުވާނުން އެމަނިކުފާނާ ހިއްސާކުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޕޭޕަލްގެ ހިދުމަތަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ފުރިހަމައަށް ތަރައްގީވެފައިވާ، ފުދުންތެރި، އަދި ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އިގްތިސޯދުގެ މައްޗަށް ބަރޯސާވާ ގާއުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުން އެކުލަވާލާފައިވާ މަގުޗާޓުގެ ތަނަވަސް ބްލޫޕްރިންޓުގައި ހިމެނޭ އެއް މަސައްކަތް ކަމަށެވެ.

އޭގެ އިތުރުން އެ ހިދުމަތާއެކު ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް، ސީދާ ފަތުރުވެރިންގެ ފަރާތުން ފައިސާ ޖަމާކުރެވޭނޭ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، ޑައިވް ސްކޫލްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ބުކިންގް ހެއްދޭނޭ ފުރުސަތު ފަހިވެގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

އަދި ފަންނުވެރިންނާއި ފްރީލާންސްކޮށް މަސައްކަތްކުރާ ޑިވެލޮޕަރުންގެ އުފެއްދުންތަކާއި ހިދުމަތްތައް، ޖިއޯގްރަފީއަށް ބެލުމެއްނެތި، މުޅި ދުނިޔެއަށް ވިއްކުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުން ޕޭޕަލް ރާއްޖެއަށް ތައާރަފުކޮށްފައި ވަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ޕޭޕަލް ސީދާ ވައްދަން އުޅުމުގެ ބަދަލުގައި މުވާސަލާތީ ކުންފުންޏެއް މެދުވެރިކޮށް ހިންގާ "ޕްރޮކްސީ" މޮޑެލް އަކަށެވެ. މި މޮޑެލްގެ ދަށުން، އުރީދޫ ފިންޓެކް މޯލްޑިވްސްގެ ދަށުން ހިންގާ 'ޓެކްފިން މޯލްޑިވްސް' އަށް އެމްއެމްއޭއިން ވަނީ ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ދޫކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.