އީސީގެ މެމްބަރުކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އައްޔަނުކުރަން މަޖިލީހަށް

އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ރެޖިސްޓްރާ އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި އެވެ. 

އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިންތިހާބުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ބޮޑެތި ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އެ ކޮމިޝަނުން އިތުރުކުރަން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް ވެސް އޭރު ތުހުމަތު ކުރި އެވެ. 

އީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ޝަކީލް، ޕީއެންސީގެ ރެޖިސްޓްރާގެ މަގާމަށް އައްޔަނުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އީސީއަށް ޝަކީލް އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.