މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި މެމްބަރުންގެ ލިސްޓަށް ބަދަލެއް، އެންމެ ކުރީގައި ސިޔާމް

އެ ބަދަލު ގެންނަން ޖެހުނީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކޮށް، އެ މަގާމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިންތިހާބު ކުރުމާ ގުޅިގެންނެވެ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު. --

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތުގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި ލިސްޓުގެ ތަރުތީބަށް މަޖިލީހުން މިއަދު ބަދަލު ގެނެސްފި އެވެ.

އެ ބަދަލު ގެންނަން ޖެހުނީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކޮށް، އެ މަގާމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިންތިހާބު ކުރުމާ ގުޅިގެންނެވެ.

ސަލީމަކީ ކުރިން އެ ލިސްޓުގައި އިންނެވި މެމްބަރަކެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާނުކުރި ލިސްޓުގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހާޒިރުވެވަޑައިގެން ނެތް ހާލަތެއްގައި، ރިޔާސަތު ބެލެހެއްޓުމުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނެވީ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތަރުތީބު

  •  މީދޫ ދާއިރާގެ މެމްބަރު - އަހުމަދު ޝިޔާމް މުހައްމަދު
  •  މާމިގިލި ދާއިރާގެ މެމްބަރު - ގާސިމް އިބްރާހިމް
  •  ހަނިމާދޫ ދާއިރާގެ މެމްބަރު - އަބްދުލްޣަފޫރު މޫސާ
  •  މަހިބަދޫ ދާއިރާގެ މެމްބަރު - އަހުމަދު ތޯރިގު
  •  މާފަންނު އުތުރު ދާއިރާގެ މެމްބަރު - މުހައްމަދު ނާޒިމް

މަޖިލީހުގެ ރައީސް އަދި ނައިބުރައީސް މަޖިލީހަށް ހާޒިރުނުވާ ހާލަތެއްގައި ނުވަތަ އެ ނޫން ވެސް އެހެން ހާލަތެއް މެދުވެރިވެގެން ރިޔާސަތު އެ ދެ ބޭފުޅުންކުރެ ބޭފުޅަކަށް ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ތަރުތީބެއް މަޖިލީހުގެ ގަވާއިދުގެ ދަށުން އެކުލަވައިލަން ޖެހެ އެވެ.

އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅަން ޖެހެނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް މަޖިލިސް މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އިސްކަން ދީގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.