މަގުތަކާއި ހުސްބިންތައް ކުނިކެހުން ވެސް އެ ކުންފުނިން ދަނީ ކޮންމެ ދުވަހަކު ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބޮޑެތި މަގުތައް ސާފު ކުރެ އެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ފަޅުތެރެއިން އިއްޔެ 61 ޖަންބޯ ބޭގްގެ ކުނި ނަގައިފި އެވެ.
އެޗްޑީސީ އިން ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ފަޅުތެރެ ސާފު ކުރުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.
މަގުތަކާއި ހުސްބިންތައް ކުނިކެހުން ވެސް އެ ކުންފުނިން ދަނީ ކޮންމެ ދުވަހަކު ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބޮޑެތި މަގުތަކާއި، ގަލާސްތަކާއި، އާންމު ހުސްބިންތައް ކޮންމެ ދުވަހަކު ސާފުކޮށް ކުނިކެހުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ކުރެއެވެ. އަދި ހުޅުމާލޭގެ ބީޗް ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ތަނަކަށް ވުމުން, އެ ސަރަހައްދަށް އުކާލެވޭ ކުންޏާއި ލައްވާ ކުނިތައް ގަވާއިދުން ނަގައި ސާފުކުރެއެވެ.
އެޗްޑީސީ އިން ދާދިފަހުންވަނީ އާންމުންނާއި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ބޮޑެތި ސާފުކުރުމުގެ ހަރަކާތްތެއް ހިންގާފަ އެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ކުނި މެނޭޖުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ހުޅުމާލޭގައި ހިނގަމުންދާ ކޮންސްޓްރަކްޝަން ސައިޓުތަކުން މަގުމައްޗަށް ކުނި އެޅުމާއި، ދުވާރުތައް ބަންދުވާ ގޮތަށް ތަކެތި ބެހެއްޓުން ހުއްޓުވުމަށް އެޗްޑީސީއިން އުސޫލުތައް ހަދައި އެ ތަންތަން މޮނިޓަ ކުރެ އެވެ.