ސޯބެ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ޓިކެޓުގައި ސޯބެ ކާމިޔާބު ކުރައްވާފައި ވަނީ އޭނާއާ ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ބަލިކުރެއްވުމަށް ފަހު އެވެ. ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.

އަބްދުﷲ ސޯދިގު (ސޯބެ) ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަމުގެ ހުވާ ކުރައްވަނީ --

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ސޯބެ މެމްބަރުކަމުގެ މަގާމުގެ ހުވާކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ޓިކެޓުގައި ސޯބެ ކާމިޔާބު ކުރައްވާފައި ވަނީ އޭނާއާ ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ބަލިކުރެއްވުމަށް ފަހު އެވެ. ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.

މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.