ކަނޑު ހޯދަން ހަރަދު ބޮޑު، އެކަމަކު އެއީ ކުރަންޖެހޭ ކަމެއް: ރައީސް

ކުރީ ސަރުކާރުން ބޮޑު ހަރަދެއް ކުރީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން ކަމަށް ރައީސް ވިދާޅުވި

ޗާގޯސް އައިލެންޑްސްގެ އެންމެ ބޮޑު ރަށް؛ ޑިއޭގޯ ގާސިއާ

ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅި ގޮތުން ރާއްޖޭގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަލުން ހޯދަން ބޮޑު ހަރަދެއް ހިނގާ ކަމަށާއި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ދ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން "ވިއްކާލި" ކަނޑުގެ ސަރަހައްދަކީ ގާނޫނީ ގޮތުން ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ގޮތުން އިތުރަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ކުރީ ސަރުކާރުން ރައްޔިތުންގެ އެތައް ފައިސާއެއް ހަރަދު ކުރީ ކަނޑުގެ ސަރަހައްދު ގެއްލުވާލުމަށް ކަމަށާއި މި ސަރުކާރުން އަލުން ހޯދަން ވެސް އެތައް ފައިސާއެއް ހަރަދުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"[ކަނޑުގެ ސަރަހައްދު ހޯދުމަކީ] ހަރަދު ބޮޑު މަސައްކަތެއް. އެހެން ނަމަވެސް ގައުމުގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތެއް." ރައީސް ވިދާޅުވި އެވެ.

ޗާގޯސް ސަރަހައްދުގެ އިން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް ރާއްޖޭގެ ފަރާތުން ވަކާލާތު ކުރެއްވީ ބޭރުގެ ވަކީލުންތަކެކެވެ. އަދި މި ސަރުކާރުން ވެސް ވަނީ ކަނޑުގެ ސަރަހައްދު ހޯދުމަށާއި ޗާގޯސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަނޑައަޅައިދިނުމުގެ މަސައްކަތް ކުރަން ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.