އީރާން އާއި އެމެރިކާ އިން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ޓީވީ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފަ އެވެ. އަދި މި އެއްބަސްވުމުގައި ލުބުނާންވެސް ހިމެނޭކަން އިއުލާނުކޮށްފަ އެވެ.

އީރާންގެ ރޫހީލީޑަރު މުޖުތަބާ ހާމަނާއި އަދި ރައީސް ޓްރަމްޕް -- އޭއެފްޕީ ފޮޓޯ

އީރާނުގެ ވެރިކަން ބަދަލުކޮށް، ބަލިކޮށްލަން އެމެރިކާ އާއި އިސްރާއިލުން ފެށި ހަނގުރާމަ ނާކާމިޔާބުވެ، އެންމެފަހުން ހަނގުރާމަ ދާއިމީކޮށް ހުއްޓާލަން އެއްބަސްވެއްޖެ އެވެ. 

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުން ދެ ފަރާތުންނާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުން ވަނީ ހާމަކޮށްފިއެވެ. އަދި މިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ޓީވީ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފަ އެވެ. އަދި މި އެއްބަސްވުމުގައި ލުބުނާންވެސް ހިމެނޭކަން އިއުލާނުކޮށްފަ އެވެ. 

ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މި މަހު 19 ގައި ސްވިޓްޒަލޭންޑްގައި ބާއްވަން ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ. މިއްބަސްވުމާއެކު އީރާނުން ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލާނެ އެވެ. އަދި އެއްވެސް ފީއެއް ނެތި ހިލޭ ދުނިޔެއަށް ދަތުރު ކުރެވޭނެ މަގު ތަނަަވަސްކުރާނެ އެވެ. މި އެއްބަސްވުމުގައި އީރާންގައި ހުރި ނިއުކްލިއަ މާއްދާތައް ނައްތާލުން ހިމަނާފައެއް ނެތެވެ. އަދި މިސައިލް ނިޒާމު ބަލިކޮށްލުންވެސް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް މި އެއްބަސްވުމުގައި އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުންތައް ހުއްޓާލުން ހިމަނާފައިވެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާދިއްތަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ދުނިޔޭގެ ތެލާއި ގޭސް ދަތުރުކުރާ މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ "ސްޓްރެއިޓް އޮފް ހޯމޫޒް" އެންމެނަށް ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ އެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް ފެށޭނީ އޭގެ ފަހުންނެވެ. ނަމަވެސް، އެމެރިކާގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލާއި ހިޒްބުاللهގެ މައްސަލަ މި އެއްބަސްވުމުގައި ނުހިމެނެއެވެ.

އިސްރާއީލަކީ މި އެއްބަސްވުމުގެ ބައިވެރިއެއް ނޫނެވެ. އަދި އެގައުމުން ދަނީ ހިޒްބުاللهއާ ދެކޮޅަށް ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ބުނަމުންނެވެ. މިގޮތުން، އާދިއްތަ ދުވަހު ވެސް އިސްރާއީލުން ވަނީ ލުބުނާނުގެ ބެއިރޫތުގެ ދާހިޔާ ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާއެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިސްރާއީލުން ބުނީ މިއީ ހިޒްބުاللهއިން ދިން ހަމަލާތަކަށް ރައްދުދިނުމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.