އަރަބިއްޔާގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށާނެ: ރައީސް

"އެހެންނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެވަނީ އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސަދީ ސްކޫލެއް އަޅައިދެމުން އެދަނީ. މިއަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވަން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވާހަކަ ދައްކަވަނީ --

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލް -- އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ސްކޫލް ނިންމައި، އަންނަ ދިރާސީ އަހަރު ކިވައިދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުތަކުން، އަދި ވަކިން ހާއްސަކޮށް އެމްޑީޕީ ސަރުކާރުން ގެންގުޅުނު "ފަނާކުރަނިވި" ފިކުރު ކަމަށެވެ.

އޭގެ އެއް މިސާލެއްގެ ގޮތުން ދެއްކެވީ އަރަބިއްޔާ ސްކޫލެވެ. ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސްކޫލު ތަޅާލާފައިވާ ކަމަށެވެ.

"އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަންތައް ކުރި ގޮތް. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން އަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ؟ ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ދީނާއި ގައުމު އިސްކުރާ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން އަރަބިއްޔާ ސްކޫލް އަޅަން ކުރިއަށްވުރެ ބޮޑު ބިމެއް ހަމަޖައްސައި، މިހާރު އެތަނުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެވަނީ އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސަދީ ސްކޫލެއް އަޅައިދެމުން އެދަނީ. މިއަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވަން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހުރި އިމާރާތަކީ ދަރިވަރުން ކިޔަވަން ތިބެން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ބަދަލުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅީ ކުރީ ގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. އަރަބިއްޔާ އިމާރާތް ކުރާނީ 10 ބުރިއަށެވެ. ޖުމްލަ 42 ކްލާސް ރޫމް ހިމެނޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.