އެގޮތުން، ޕެކެޓްކޮށް ލޭބަލްކޮށްފައިވާ ތަކެތި، ކާބޯތަކެތި ވިއްކައި، އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތަން ކުރަން ޖެހޭ ކަންކަން ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދު" ގައިވާ ގޮތުގެ މަތިން ކާބޯތަކެތި ލޭބަލް ކުރުމަށް ވަކި މުއްދަތެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، ޕެކެޓްކޮށް ލޭބަލްކޮށްފައިވާ ތަކެތި، ކާބޯތަކެތި ވިއްކައި، އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތަން ކުރަން ޖެހޭ ކަންކަން ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް އެ ގަވާއިދުގެ ދަށުން ދީފައިވާ ކަމަށެވެ.
އާ ގަވާއިދުގައިވާ ގޮތުގައި، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.
އެގޮތުން؛
ލޭބަލްކުރުމެގެ މިންގަނޑާ ހިލާފުވިއަސް 10،000ރ. އާއި 750،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.