ބީއެމްއެލް ޑޮލަރު ކާޑުގެ މުއާމަލާތްތަކަށް ހަފުތާއަކު 1،000 ޑޮލަރުގެ އިނާމެއް

ބީއެމްއެލް އިން ބުނީ ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި އެވެ. ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖޭގައި އޭޓީއެމް ގާއިމް ކުރަން ހިންގި މަޝްރޫއު ނިންމުމަށް ބޭއްވި ރަސްމިއްުޔާުތު -- ބީއެމްއެލް ފޮޓޯ

ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި އެވެ. ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަންޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެ އެވެ. މި ގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދަށްވެ ބޭންކްއަށް ވަންނަ ޑޮލަރުގެ އަދަދު މަދުވުމުން ބީއެމްއެލްއިން ވަނީ ކުރިން އޮންލައިން މުއާމަލާތްތަކަށް ކާޑުތަކަށް ދޫކުރި ޑޮލަރުގެ ލިމިޓުކޮށްފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ފަހުކޮޅު ލުއިތަކެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކްއިން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.