ގްލޯބަލް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށުމުގެ ވިސްނުން

ގްލޯބަލް އެއާލައިންސްއަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް އެންމެ ޒުވާން އުމުރުގައި ދަތުރުކޮށްގެން ރެކޯޑު ހަދާފައިވާ އިނގިރޭސި ވިޔަފާރިވެރިޔާ ޖޭމްސް އެސްކުއިތު އުފައްދާފައިވާ ކުންފުންޏެކެވެ.

ޔޫކޭގެ ގްލޯބަލް އެއާލައިންސް އެ ގައުމުގައި ފުރަން ތައްޔާރުވެފައި -- ގްލޯބަލް އެއާލައިން

އިނިގިރޭސިވިލާތުގެ އަލަށް އުފެއްދި "ގްލޯބަލް އެއާލައިންސް"ގެ  އެއާބަސް އޭ380 މަރުކާގެ ބޮޑެތި ބޯޓުތަކުގައި ޔޫކޭ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ވައިގެ އުދުހުންތަކުގެ މައުލޫމާތު ގެނެސްދޭ، އޭވިއޭޓާ މޯލްޑިވްސް އިން ބުނީ މި ދަތުރުތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށިދާނެ ކަމަށް ދަތުރުފަތުރާ ބެހޭ ބައެއް މީޑިއާ ތަކުން އަންނަނީ ލަފާކުރަމުންނެވެ.

ގްލޯބަލް އެއާލައިންސްއަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް އެންމެ ޒުވާން އުމުރުގައި ދަތުރުކޮށްގެން ރެކޯޑު ހަދާފައިވާ އިނގިރޭސި ވިޔަފާރިވެރިޔާ ޖޭމްސް އެސްކުއިތު އުފައްދާފައިވާ ކުންފުންޏެކެވެ. ގިނަ އެއާލައިންތަކުން އޭ380 ގެ ސުޕަޖަމްބޯ ބޯޓުތައް ބޭނުންކުރުން ހުއްޓާލަމުން ދިޔަ ދަނޑިވަޅެއްގައި، މި އެއާލައިން އުފެދިގެން އައީ ހަމައެކަނި މިފަދަ ބޮޑެތި ބޯޓުތައް ބޭނުންކޮށްގެން ދުރު ރާސްތާގެ މަންޒިލްތަކަށް ޕްރީމިއަމް ހިދުމަތްތަކެއް ދިނުމުގެ ވަރުގަދަ އަޒުމަކާއެކުއެވެ.

އެއާލައިންގެ މި ޕްލޭނާ އެކު، މެދުއިރުމަތީގެ ހަބްތައް މެދުވެރިނުކޮށް ޔޫކޭއިން ސީދާ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ. ނަމަވެސް، އޭ380 ފަދަ ބިޔަ ބޯޓެއް އޮޕަރޭޓްކުރުމަކީ މާލީގޮތުންނާއި އިންފްރާސްޓްރަކްޗާގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ.

އެ ނޫހުން ބުނީ އަދި މިހާތަނަށް މި އެއާލައިން އަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ލިބިފައި ނުވާއިރު، ރަސްމީ ދަތުރުތައް ފެށޭނެ ސީދާ ތާރީޚެއް އަދި ކަށަވަރެއް ނުވެ އެވެ. އެހެންކަމުން، ބައެއް އޭވިއޭޝަން މާހިރުން ދެކޭގޮތުގައި ރާއްޖޭގެ މި ދަތުރުތަކަކީ މިވަގުތަށް ހަމައެކަނި އެއާލައިންގެ ބޮޑު ތަޞައްވުރެއް ނުވަތަ އުންމީދެކެވެ. ނަމަވެސް، އަމިއްލަ އޮޕަރޭޝަންތައް ފެށެންދެން އެހެން އެއާލައިންތަކާ ގުޅިގެން "ޕާޓްނާޝިޕް" އެއްގެ ދަށުން ވެސް ރާއްޖޭގެ ދަތުރުތައް ފެށުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.