އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ފިޔޯރީ އަދި ފީއަލީގައި އިންތިހާބު ނުބާއްވަން ނިންމައިފި

ނަމަވެސް އިންތިހާބުގެ ނަތީޖާއިން ވަރަށް ބޮޑު ފަރަގެއް ފެންނާތީ، އެ ދެ ރަށުގައި އިންތިހާބު ނުބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

ގދ. ފިޔޯރީގައި ވޯޓު ފޮށި ފަޅާލަނީ --

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން މައްސަލަ ޖެހުނު ގދ. ފިޔޯރީ އާއި ފ. ފީއަލީގައި އަލުން އިންތިހާބު ނުބާއްވަން ނިންމައިފި އެވެ.

ވޯޓުލަމުން ދަނިކޮށް ފިޔޯރީގައި މައްސަލަ ޖެހުނީ ވޯޓާސް ލިސްޓުގައި ބައެއް މީހުންގެ ނަން ނެތުމުން ވޯޓުލާން ފުރުސަތު ނުދީގެންނެވެ. އެހެންވެ، އެކަމާ ހިތްހަމަނުޖެހި ބަޔަކު ވަނީ ވޯޓު ފޮށި ފަޅާލައިފަ އެވެ. ނަމަވެސް ފަހުން ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.

ފީއަލީގައި ވެސް މައްސަލައެއް ޖެހި، މީހަކު ވަނީ ފޮށި ހިފައިގެން ފިލައިފަ އެވެ. އެކަމާހުރެ ވޯޓުލުން ޖެހުނީ މެދުކަނޑާލާށެވެ.

އެހެންވެ، އިންތިހާބާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީން ކުރިން ނިންމީ އެދުވަހު އެ ދެ ރަށުގައި ނެގި ވޯޓު ބާތިލުކޮށް، އެހެން ދުވަހަކަށް ތާވަލު ކުރުމަށެވެ.

ނަމަވެސް އިންތިހާބުގެ ނަތީޖާއިން ވަރަށް ބޮޑު ފަރަގެއް ފެންނާތީ، އެ ދެ ރަށުގައި އިންތިހާބު ނުބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ވަގުތީ ނަތީޖާތައް އިއުލާން ކުރިއިރު ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯދައިފަ އެވެ.

އެގޮތުން އިންތިހާބުގައި 50,257 މީހުންނަށް ވޯޓު ލުމުގެ ހައްގު އޮތް އިރު، އޭގެ ތެރެއިން ނަޝީދަށް ވޯޓު ލީ 20,011 މީހުންނެވެ. އެއީ 69.9 ޕަސެންޓެވެ. އަދި މީކާއިލަށް ވޯޓު ލީ 8,660 މީހުންނެވެ. އެއީ 30 ޕަސެންޓެވެ.

ނަތީޖާތަކުން ދައްކާ ގޮތުގައި ނަޝީދު ވަނީ ބޮޑެތި ސިޓީތަކާއި ގާތްގަނޑަކަށް ހުރިހާ ރަށަކުން ބޮޑު ތަފާތަކުން މީކާއިލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އޭގެ އިތުރުން މީކާއިލް މަޖިލީހުގައި ތަމްސީލް ކުރާ ގަލޮޅު ދެކުނު ދާއިރާ އިން ވެސް މެޖޯރިޓީ ވޯޓު ލިބިވަޑައިގަތީ ނަޝީދަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.