ރާއްޖެ ފަދަ ގައުމެއްގައި އިސް ނަގައިގެން ލޭ ހަދިޔާކުރުން މުހިންމު: ރައީސް

ކުއްލި ހާލަތަކަށް ތައްޔާރުވެގެން ތިބުމަށްޓަކައި އަމިއްލަ އަށް އިސް ނަގައިގެން ލޭ ހަދިޔާ ކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމަށް ރައީސް ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު --

އަމިއްލަ އަށް އިސް ނަގައިގެން ލޭ ހަދިޔާ ކުރުމަކީ ރާއްޖެ ފަދަ ގައުމެއްގައި ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަމިއްލަ އަށް އިސް ނަގައިގެން ލޭ ހަދިޔާ ކުރާ ފަރާތްތަކުން ކުރަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމަށާއި ސިއްހީ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމުގެ އިތުރުން ކުއްލި ހާލަތަކަށް ތައްޔާރުވެގެން ތިބުމަށްޓަކައި އަމިއްލަ އަށް އިސް ނަގައިގެން ލޭ ހަދިޔާ ކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ވަކިވަކި ރަށްތަކަކަށް ބެހިފައިވާ އޮންނަ ގައުމަކަށް ކުއްލި ހާލަތްތަކުގައި ލޭ އަވަހަށް ލިބުމަކީ ފުރާނަ ސަލާމަތްކުރުމުގައި ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއި އިސް ނަގައިގެން ލޭ ހަދިޔާކުރުން ކުރިއެރުވަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހަކީ، ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރުވައި އެކަމަށް ބާރު އެޅުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.