އީރާން ފުޓުބޯޅަ ޓީމުގެ ކޭޕްކުރާ ސްޓޭޑިއަމް ބޭރުގައި މަރުވެފައި އޮތް މީހެއް

މި ސްޓޭޑިއަމްއަކީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމު މިވަގުތު ކޭމްޕް ބާއްވައިގެން ފަރިތަކުރުންތައް ކުރިއަށްގެންދާ ސަރަހައްދެވެ.

އީރާން ފުޓުބޯޅަ ޓީމް ކޭޕްކުރާ ސްޓޭޑިއަމްގައި -- ފޮޓޯ : އޭޕީ

މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިހުއާނާގައި ހުންނަ "އެސްޓާޑިއޯ ކަލިއެންޓޭ" ސްޓޭޑިއަމްގެ ބޭރުން ކުނިވެފައިވާ ގަބުރެއް ފެނުމާ ގުޅިގެން މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ބޮޑު ތަހުގީގެއް ފަށައިފިއެވެ. 

މި ސްޓޭޑިއަމްއަކީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމު މިވަގުތު ކޭމްޕް ބާއްވައިގެން ފަރިތަކުރުންތައް ކުރިއަށްގެންދާ ސަރަހައްދެވެ.

އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ގަބުރު ފެނިފައިވަނީ ހުކުރު ދުވަހު ސްޓޭޑިއަމްއާ ދެކޮޅަށް އޮންނަ ސުޕަމާކެޓެއްގެ ޕާކިން ލޮޓުގައި އޮތް އަޅިކުލައިގެ އެސްޔޫވީ ކާރެއްގެ ފަހަތު ޑިިކީ ތެރެއިންނެވެ. ފުލުހުން އެ ކާރު ހުޅުވީ އޭގެއިން އައިސްފައިވާ ގަދަ ކުނިވަހުގެ ސަބަބުންނެވެ. ކާރުގެ ޑިކީ ތެރޭގައި އޮތް ކަޅު ކޮތަޅަކަށް ލާފައިވާ އެ ހަށިގަނޑުން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެއެވެ. ބެލެވޭ ގޮތުގައި އެ ކާރު އެތަނަށް ދޫކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އިރާންގެ ގައުމީ ޓީމުން ވޯލްޑް ކަޕްގެ ބޭސް ކޭމްޕް ޓިހުއާނާގައި ގާއިމުކުރަން ޖެހުނީ، އެމެރިކާގެ ވިސާ ލިބުމުގައި ދިމާވި ލަސްތަކަކާއި، ޓީމުގެ އިދާރީ މުވައްޒަފުންނާއި ކޯޗުންނަށް ދަތުރުފަތުރުގެ ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. މީގެއިތުރުން، ފެބްރުއަރީ މަހުގެ ފަހުކޮޅު ހިނގަން ފެށި ހަނގުރާމައިގެ ސަބަބުން ސަލާމަތީ ރައްކާތެރިކަމަށްޓަކައި، ކުރިން އެމެރިކާގެ އެރިޒޯނާގައި ބާއްވަން އޮތް ކޭމްޕް މެކްސިކޯއަށް ބަދަލުކުރީއެވެ. އިރާނުން އެ ޓީމުގެ ގްރޫޕް މެޗުތައްވެސް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކުރަން މާރިޗު މަހު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

އިރާން ޓީމު މިހާރު ހަރަކާތްތެރިވަމުންދަނީ ސިފައިންގެ ވަރުގަދަ ސެކިއުރިޓީއަކާއެކުގައެވެ. ހުކުރު ދުވަހު ގަބުރު ފެނިގެން ސަރަހައްދުން ނެގިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި އިރާން ޓީމުގެ ކޮންވޯއި ސްޓޭޑިއަމުން ނިކުމެގެން ގޮސްފައިވެއެވެ. މެޗުތައް ކުޅުމަށްޓަކައި އެ ޓީމުން އެމެރިކާއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަމައެކަނި މެޗު އޮންނަ ދުވަހުއެވެ.

އިރާންގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ނިއުޒީލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް އެ ސްޓޭޑިއަމްގައި ކުޅުމަށްފަހު، ގްރޫޕްގެ ފަހު މެޗުގައި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ނުކުންނާނެއެވެ.

ގަބުރު ފެނުނު ޓިހުއާނާއަކީ މެކްސިކޯގެ އެންމެ ކުށް ގިނަ އަދި އަނިޔާވެރި 10 ސިޓީގެ ތެރޭގައި ހިމެނޭ ތަނެކެވެ. މަސްތުވާތަކެތި އެތެރެކުރުމަށް ކްރިމިނަލް ގްރޫޕްތަކުން ބޭނުންކުރާ މި ސިޓީގައި ވޭތުވެދިޔަ އަހަރު އެކަނިވެސް 1,219 މީހުން މަރާލާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.