ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އިންތިހާބު ސުހާ ކާމިޔާބުކުރީ 529 ވޯޓުންނެވެ. އެމްޑީއޭގެ ކެނޑިޑޭޓަށް ލިބުނީ 449 ވޯޓެވެ.

މި އިންތިހާބު ދެވަނަ ފަހަރަށް ބާއްވަން ޖެހުނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އަދި އެމްޑީއޭގެ ކެނޑިޑޭޓްގެ ވޯޓު އެއްވަރުވެފައިވާ ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓާ ވާދަކޮށްފައި ވަނީ އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދެވެ.
ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އިންތިހާބު ސުހާ ކާމިޔާބުކުރީ 529 ވޯޓުންނެވެ. އެމްޑީއޭގެ ކެނޑިޑޭޓަށް ލިބުނީ 449 ވޯޓެވެ.
ޕީއެންސީން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ދަންނަވާފަ އެވެ. ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި، ސުހާއަށް ވޯޓު ދިން ދާއިރާގެ ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފަ އެވެ.