ނަޝީދަށް 69 ޕަސެންޓު، 20،000 އަށް ވުރެ ގިނަ ވޯޓު

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ނަޝީދު ވަނީ ގިނަ ރަށްރަށުން ބޮޑު ތަފާތަކުން ކުރި ހޯދާފައި

ނަޝީދު މަގުމަތީ ހަރަކާތެއްގައި--ފޮޓޯ: ވިރާސީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 20،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ރޭ ނަތީޖާތައް އިއުލާން ކުރިއިރު ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯދައިފަ އެވެ.

އެގޮތުން އިންތިހާބުގައި 50,257 މީހުންނަށް ވޯޓު ލުމުގެ ހައްގު އޮތް އިރު އޭގެ ތެރެއިން ނަޝީދަށް ވޯޓު ލީ 20,011 މީހުންނެވެ. އެއީ 69.9 ޕަސެންޓެވެ. އަދި މީކާއިލަށް ވޯޓު ލީ 8,660 މީހުންނެވެ. އެއީ 30 ޕަސެންޓެވެ. 

ނަތީޖާތަކުން ދައްކާ ގޮތުގައި ނަޝީދު ވަނީ ބޮޑެތި ސިޓީތަކާއި ގާތްގަނޑަކަށް ހުރިހާ ރަށަކުން ބޮޑު ތަފާތަކުން މީކާއިލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. 

އޭގެ އިތުރުން މީކާއިލް މަޖިލީހުގައި ތަމްސީލް ކުރާ ގަލޮޅު ދެކުނު ދާއިރާ އިން ވެސް މެޖޯރިޓީ ވޯޓު ލިބިވަޑައިގަތީ ނަޝީދަށެވެ.

އިންތިހާބުގެ ނަތީޖާ މީކާއިލްގެ ފަރާތުން ވެސް ގަބޫލު ކުރައްވާފައިވާ އިރު ދެ ފަރާތުން ވަނީ ގު2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހޯދަން އެމްޑީޕީ އެކުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.