މީދޫ ކައުންސިލްގެ ރައީސް ހޮވަން ވޯޓުލުން ކުރިއަށް

މީދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސުހާ އިބްރާހިމް އަދި އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދު އަދި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް އިބްރާހިމް ނަސީމެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން --

ދ. މީދޫގެ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

މީދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސުހާ އިބްރާހިމް އަދި އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދު އަދި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް އިބްރާހިމް ނަސީމެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. މި އިންތިހާބުގައި ޖުމްލަ 1049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

މިއަދުގެ 10:00އާ ހަމައަށް ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 20 ޕަސެންޓް މީހުންނެވެ. އެއީ 209 މީހުންނެވެ.

މި އިންތިހާބު ދެވަނަ ފަހަރަށް ބާއްވަން ޖެހުނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އަދި އެމްޑީއޭގެ ކެނޑިޑޭޓްގެ ވޯޓު އެއްވަރުވެފައިވާ ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގޮތުން އީސީން ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސުހާއަށް ލިބުނީ 393 ވޯޓެވެ. އަދި މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. 

ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިގެން ނުވާ މީހަކު ވޯޓުލާފައިވާ ކަމުގެ ޝަކުވާއާއެކު ސުހާގެ އެއް ވޯޓު ބާތިލުވެ، 392 ވޯޓާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފަ އެވެ. އެ ވޯޓު ބާތިލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން ސުހާ ވަނީ އަލުން ވޯޓު ގުނައިދިނުމަށް ހުށަހަޅާފަ އެވެ.

ދެވަނަ ފަހަރަށް ވޯޓު ގުނިއިރު، ސުހާގެ އެއް ވޯޓު ބާތިލުވާކަމަށް އީސީން ކަނޑައެޅުމުން، ސުހާގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

އެހެންވެ، ސުހާ ވަނީ އޭނާއަށް ލިބުނު ދެ ވޯޓު ބާތިލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ. ހައިކޯޓުން ހުކުމްކޮށްފައި ވަނީ ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.