ފާހަގަކޮށްލެވޭ ހޯދުންތަކުގެ ތެރޭގައި ހިލައިގައި ކަނޑާނަގައިގެން ލިޔެފައިވާ 173 ކުރެހުމެއް ހިމެނޭއިރު، އޭގެ ތެރޭގައި އިސްލާމީ އުންމަތް 634 އިން 644 އަށް ބެލެހެއްޓެވި ޚަލީފާ ޢުމަރު އިބްނު އަލް-ޚައްޠާބުގެ ނަންފުޅު ހިމެނެ އެވެ.

ސައޫދީ އަަރަބިއްޔާގެ ހެރިޓޭޖް ކޮމިޝަނުން މަދީނާ ޕްރޮވިންސްގައި ކުރިއަށްގެންދިޔަ ތާރީހީ ހޯދުންތަކެއްގެ ތެރެއިން، އިސްލާމީ ތާރީޚުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ނަންފުޅު ހިމެނޭ ތާރީޚީ ހިލަގަނޑެއް ފެނިއްޖެއެވެ.
މި ހިލަގަނޑު ފެނިފައިވަނީ އަލް މަހްދު ގަވަރްނޮރޭޓްގައި ކުރިއަށްގެންދިޔަ ފުޅާ ދާއިރާއެއްގެ ސާވޭގެ ފުރަތަމަ އަދި ދެވަނަ މަރުހަލާގައެވެ. މި ސާވޭތަކުގެ ތެރެއިން ޖުމްލަ 1،774 އާސާރީ ހޯދުންތަކެއް ހޯދާފައިވާ ކަމަށް އެ ކޮމިޝަނުން އަންގާރަ ދުވަހު ހާމަކުރިއެވެ.
ސައޫދީ ހެރިޓޭޖް ކޮމިޝަނުން ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު، ސާވޭ ޓީމުތަކުން ވަނީ މީގެ ކުރިން ނޭނގޭ 173 އާސާރީ ސަރަހައްދެއް ދެނެގަނެ، އެ ތަންތަން ރެކޯޑުކޮށްފަ އެވެ. މިއީ އެ ސަރަހައްދުގެ މުއްސަނދި އަދި ތަފާތު ތާރީޚީ ތަރިކަ ދައްކުވައިދޭ ހެއްކެކެވެ.
ފާހަގަކޮށްލެވޭ ހޯދުންތަކުގެ ތެރޭގައި ހިލައިގައި ކަނޑާނަގައިގެން ލިޔެފައިވާ 173 ކުރެހުމެއް ހިމެނޭއިރު، އޭގެ ތެރޭގައި އިސްލާމީ އުންމަތް 634 އިން 644 އަށް ބެލެހެއްޓެވި ޚަލީފާ ޢުމަރު އިބްނު އަލް-ޚައްޠާބުގެ ނަންފުޅުގެ އިތުރުން، ހިލަގަނޑުތަކުގައި ލިޔެފައިވާ ގަދީމީ އަރަބި ބަހުގެ ޅެންތައް ވެސް ހިމެނެ އެވެ.
ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ސާވޭއިން ފެނުނު ތަކެތީގެ ތެރޭގައި ހިލައިގައި ކުރަހާފައިވާ 1،259 ކުރެހުމާއި އިސްލާމީ ޒަމާނުގެ 461 ލިޔުމެއްގެ އިތުރުން، ޘަމޫދު ބާގައިގެ މީހުންގެ ބަހުން ލިޔެފައިވާ 34 ލިޔުމެއް ހިމެނެ އެވެ. މީގެ އިތުރުން 11 ހިލައިގެ ބިނާއަކާއި ތިން ގަދީމީ ގާފިލާތައް ދަތުރުކުރި މަގުތައް އަންގައިދޭ ދެ މައިލްސްޓޯނާއި ހަތަރު ވަޅުވެސް ވަނީ ފެނިފައެވެ.
އުމަރު ގެފާނު - ޢުމަރު ބިން އަލް-ޚައްޠާބު ބިން ނުފައިލް އަލް-ޤުރަޝީ.ލަގަބުގެ ލަގަބު ދެވިފައިވާ އެންމެ މަޝްހޫރު ލަގަބަކީ "އަލް-ފާރޫޤް" ނުވަތަ ޙައްޤާއި ބާޠިލް ވަކިކޮށްދެއްވި ބޭފުޅާ އެވެ. މި ލަގަބު ދެއްވީ ކީރިތި ރަސޫލާ އެވެ. އުފަންވެ ވަަޑައިގަތީ މައްކާގެ ޤުރައިޝް ވަންހައިގެ ބަނޫ ޢަދިއްޔު އަށެވެ. އުފަންވެވަޑައިގަތީ ފީލް ބާގައިގެ (އެތުގެ އަހަރުގެ) 13 އަހަރު ފަހުންނެވެ. ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު އަވަހާރަވުމުގެ ކުރިން މުސްލިމުންގެ މަޝްވަރާއާއެކު ދެވަނަ ޚަލީފާއަކަށް އިސްކުރެއްވީ އުމަރުގެފާނެވެ. އެކަލޭގެފާނުގެ 10 އަހަރުގެ ޚިލާފަތުގައި އާދަޔާ ހިލާފު ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވި އެވެ.