ފިޔޯރީ އަދި ފީއަލީގެ ވޯޓު ބާތިލް، ވޯޓު ނެގުން އެހެން ދުވަހަކަށް

އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީގެ މެންބަރަކު ވިދާޅުވީ ޝަކުވާތައް ބެލުމަށްފަހު، އެ ދެ ފޮށީގެ ވޯޓު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ރަށުގައި އެހެން ދުވަހަކު ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގދ. ފިޔޯރީގައި ވޯޓު ފޮށި ފަޅާލަނީ --

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މައްސަލަ ޖެހުނު ދެ ވޯޓު ފޮށި ކަމަށްވާ ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ނެގުނު ވޯޓު ބާތިލުކޮށް، އެ ދެ ރަށުގައި އަލުން ވޯޓު ނެގުމަށް މި އިންތިހާބުގެ ޝަކުވާ ބަލާ ކޮމެޓީން ނިންމައިފި އެވެ.

ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 2:30 އިން 9:00 އަށެވެ. 

ވޯޓުލަމުން ދަނިކޮށް ފިޔޯރީގައި މައްސަލަ ޖެހުނީ ވޯޓާސް ލިސްޓުގައި ބައެއް މީހުންގެ ނަން ނެތުމުން ވޯޓުލާން ފުރުސަތު ނުދީގެންނެވެ. އެހެންވެ، އެކަމާ ހިތްހަމަނުޖެހި ބަޔަކު ވަނީ ވޯޓު ފޮށި ފަޅާލައިފަ އެވެ. ނަމަވެސް ފަހުން ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.

ފީއަލީގައި ވެސް މައްސަލައެއް ޖެހި، މީހަކު ވަނީ ފޮށި ހިފައިގެން ފިލައިފަ އެވެ. އެކަމާހުރެ ވޯޓުލުން ޖެހުނީ މެދުކަނޑާލާށެވެ.

އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީގެ މެންބަރަކު ވިދާޅުވީ ޝަކުވާތައް ބެލުމަށްފަހު، އެ ދެ ފޮށީގެ ވޯޓު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ރަށުގައި އެހެން ދުވަހަކު ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ދުވަހެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ. 

ވޯޓުގެ ނަތީޖާތައް ލިބެމުންދާއިރު، ކުރީގައި އޮތީ ރައީސް ނަޝީދެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.