މި ސުޕަމާކެޓް އެންމެ ފުރަތަމަ ހުޅުވުނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި އެސްޓީއޯ ސުޕަމާކެޓު ގެ ނަމުގައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯ ދެވަނަ ފްލޯ ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
އެސްޓީއޯ އިން އަލަށް ވަނީ ސުންމީ ބްރޭންޑު ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށް ފައެވެ. މި ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއާޕާސަން އާމިރު މަންސޫރެވެ. އަދި ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރ މާކެޓަށް ތައާރަފްކޮށްފައިވާއިރު މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.
މި ސުޕަމާކެޓް އެންމެ ފުރަތަމަ ހުޅުވުނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި އެސްޓީއޯ ސުޕަމާކެޓު ގެ ނަމުގައެވެ. އެ ޒަމާނަކީ ރާއްޖެއަށް ސުޕަމާކެޓް ކޮންސެޕްޓް މާ އާންމު ދުވަސްވަރަކަށް ނުވާތީ، މިއީ ދިވެހިންނަށް އެއްތަނަކުން ގިނަ ބާވަތްތަކެއްގެ މުދާ ފަސޭހަކަމާއެކު ބަލާލައިގެން ގަންނަން ލިބުނު ވަރަށް ބޮޑު ބަދަލެކެވެ. ވިޔަފާރި ފުޅާވެ، ކަސްޓަމަރުންގެ އިތުބާރު ބޮޑުވަމުން ދިޔުމާއެކު، 2010 ގެ އަހަރުތަކުގެ ތެރޭގައި މި ތަނުގެ ނަން އެސްޓީއޯ ސުޕަމާކެޓް އަށް ބަދަލުކުރެވުނެވެ. މި ބަދަލާއެކު، ހަމައެކަނި ކާބޯތަކެތީގެ އިތުރުން ހޯމް އެޕްލަޔަންސަސް އިލެކްޓްރޯނިކްސް، އަދި އަމިއްލަ މުދާ ފަދަ ތަފާތު ދާއިރާތަކުގެ ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެހުނެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ތާރީޚުގައި އައި އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ މާރިޗު 2022 ގައި އެތަން މުޅިން އާ ކޮންސެޕްޓަކަށް ރީ-ބްރޭންޑްކޮށް ހުޅުވުމެވެ. އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދިނެވެ. އެސްޓީއޯގެ އަމިއްލަ މުދަލުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކަށް އެތަނުން ޖާގަ ދޫކުރަން ފެށި އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެކި ކަހަލަ ބްރޭންޑްތަކުގެ ސާމާނު އެއް ތަނަކުން ގަނެލުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި ފިހާރައިގެ އެތެރޭގެ ޖާގަ ބޮޑުކޮށް، "މާކެޓްޕްލޭސް" ނުވަތަ ހައިޕަރމާކެޓް އުސޫލުން ވިޔަފާރިކުރެވޭ ގޮތް ހަދައި، ކޭޝިއަރުންގެ އިތުރުން އަމިއްލައަށް ބިލް ކުރެވޭ "ސެލްފް-ޗެކްއައުޓް" ކައުންޓަރުތައް ވެސް ތައާރަފުކުރެވުނެވެ.