ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

މި އިންތިހާބުގައި ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ.
ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.
މިހާރު ހުރިހާ ރަށެއްގައިވެސް ވޯޓުލުން ފަށާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ޖުމްލަ 240 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އަދި އަވަށްޓެރި ސްރީލަންކާގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.
އެމްޑީޕީން ބުނެފައި ވަނީ މި އިންތިހާބުގައި 48،912 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ވަނީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. ދެ ފަރާތުން ވަނީ ވަރަށް ގިނަ ބަހުގެ ހަމަލާތައްވެސް ރައްދުކޮށްފަ އެވެ.