އެގޮތުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް ޖުމްލަ 13.1 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހައިފި އެވެ.
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައި ވަނީ ބޮލަކަށް 5،500 ރުފިޔާ ކަމަށެވެ.
ޒަކާތު ހައުސްއިން މިއަދު ބުނީ މިއަހަރުގެ ހައްޖު މަހުގެ އެއްވަނަ ދުވަހަށް ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް ޖުމްލަ 13.1 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
ޒަކާތު ހައުސްއިން އިތުރަށް ބުނީ މިއަހަރު ބޮލަކަށް ބެހި 5،500ރ. އަކީ މިދިޔަ އަހަރާ އަޅާބަލާއިރު 500ރ. އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރު ބަހާފައި ވަނީ ބޮލަކަށް 5000ރ. އެވެ.