ނަޝީދާ ބައްދަލުކުރާ ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާކަމަށް ތުހުމަތުކޮށްފި

ޗެއާޕާސަން އިންތިހާބުހެ ތެރެއިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދާ ސަލާން ކުރަން އަންނަ ފަރާތްތަކާއި ބައްދަލު ކުރާ ބައެއް ފަރާތްތައް ސަސްޕެންޑުކޮށް ނުވަތަ ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށް ވިދާޅުވި

ނަޝީދު ކުޑަފަރީގައި --- ފޮޓޯ/ ހުސައިން ޝާފިއު

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރާ ސަރުކާރުގެ މުވައްޒަފުން ސަސްޕެންޑު ކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެ އެކަން ކުށްވެރި ކޮށްފި އެވެ.

ނަޝީދުގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒފުންނަށް ވެސް ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. 

ރާއްޖޭގެ ރައީސް ކަމާއި މަޖިލީހުގެ ރައީސް އަދި ދައުލަތަށް ގިނަ ހިދުމަތް ކުރެއްވި ފަރާތަކު ރަށްރަށަށް ވަޑައިގަތުމުން ސަލާންގަލާން ކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި އެ ހައްގު ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"..ސަރުކާރުން އެމްޑީޕީގެ އެތެރޭގެ މި އިންތިހާބު ތެރެއަށް ވަދެގަތުމުގެ ބޭނުމުގައްޔާއި އަދި އާންމުކޮށް ދިވެހި ރައްޔިތުންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހައްގުތަކަށް އަރައިގަނެ، ނިގުޅައި ގަންނަމުންދާ ދިއުން ހުއްޓާލުމަށް ގޮވާލަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާ ފަރާތްތަކުގެ މައްސަލަ ނަޝީދު އިސްވެ ހުންނަވައި ކައިރިން ބަލަމުން އަންނަ ކަމަށާއި އެ ފަރާތްތަކަށް ގާނޫނީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.