ޑްރަގު އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ

"މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައި. އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

މަރުވި ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފް --

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ. 

އެ އޮޕަރޭޝަނަކީ އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްކަން އެނގިފައިވެ އެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ އެރަށް ކައިރި މޫދުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

"މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައި. އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވަނީ ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން،" ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.