މިއީ އޭޕްރިލް 14، 2026 ގައި އޭނާ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރު

ފޮރިން މިނިސްޓްރީން ބުނީ ދެ ދުވަހަށް ކުރާ މި ދަތުރުގެ ތެރެއިން ޔުނާން ޕްރޮވިންސުގައި އޮންނަ ޗައިނާ ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އާއި 10 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯގައި އިރުތިޝާމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން އެ ޕްރޮވިންސްގެ އިސް އޮފިޝަލުންނާ ދިރިއުޅޭ ދިވެހި ދަރިވަރުންނާ ވެސް އޭނާ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ އޭޕްރިލް 14، 2026 ގައި އޭނާ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އިރުތިޝާމް ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ އިންޑިއާ އަށެވެ. އެއީ މިދިޔަ މަހު 12 ގަ އެވެ.